ރޯދަ މަހުގެ ފުރަތަމަ ދުވަހު އާޓިފިޝަލް ބީޗް އާންމުންނަށް ހުޅުވާލަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
ރޯދަ މަހުގެ ފުރަތަމަ ދުވަހު އާޓިފިޝަލް ބީޗް އާންމުންނަށް ހުޅުވާލަނީ!

ރޯދަ މަހުގެ ފުރަތަމަ ދުވަހު އާޓިފިޝަލް ބީޗް އާންމުންނަށް ހުޅުވާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ތަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީން ބުނެފިއެވެ. 

އެމްޓީސީސީން ބުނެފައިވަނީ އާޓިފިޝަލް ބީޗް ތަރައްގީކުރުމަށް ހަދާފައިވާ ޕްލޭނާ އެއްގޮތަށް ރޯދަ މަހަށް މަސައްކަތް ނިންމާނުލެވުނު ނަމަވެސް އާންމުންނަށް ބޭނުންކުރެވޭ ވަރަށް ބައެއް މަސައްކަތްތައް ނިންމާލުމަށްފަހު ރޯދަމަހުގެ އެއްވަނަ ދުވަހު އާޓިފިޝަލް ބީޗް ހުޅުވާނެ ކަމަށެވެ. 

އާޓިފިޝަލް ބީޗް ނިންމުމަށް 24 ގަޑިއިރު ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

އާޓިފިޝަލް ބީޗު ތަރައްގީ ކުރުމުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުން ކުރަން ނިންމި މަސައްކަތެކެވެ. 

 

މިއަދު އޮންލައިން