އުރީދޫން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު ކުރިއަށް ގެންދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
އުރީދޫން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު ކުރިއަށް ގެންދަނީ!

އުރީދޫ އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު ކުރިއަށް ގެންދަން ނިންމައިފިއެވެ. މިހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2.00 އިން ހަވީރު 6.00 އަށް މޯލްޑިވްސް ބްލަޑް ސަރިވިސަސްގައެވެ.

އުރީދޫ އިން ވިދާޅުވީ މިހަރަކާތް މިއަދު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރަމަޟާން މަސް ދާދި ގާތްވެފައިވާއިރު، ރަމަޟާން މަހު ލޭ ހޯދުމަކީ ގިނަ ބައަކަށް ވަރަށް ދަތިކަމަކަށްވާތީ ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދަން އުފުލަން ޖެހޭ ތަކްލީފްތައް ކުޑަކޮށްދިނުމަށް އެހީތެރިވެދިނުން ކަމަށެވެ.

އުރީދޫން ވިދާޅުވީ މިހަރަކާތުގައި ބައިވެރިވެ ވީހައި ގިނަ ބައަކު ލޭ ހަދިޔާކޮށްދިނުމަކީ އުރީދުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން