އެމްޓީސީސީއިން ހއ. އަދި ހދ. އަތޮޅުތެރޭ ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އެމްޓީސީސީއިން ހއ. އަދި ހދ. އަތޮޅުތެރޭ ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށައިފި

އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުތެރޭ ސްޕީޑް ފެރީގެ ޚިދުމަތް ދޭން އެކުންފުނިން ފަށައިފިއެވެ. 

ރަސްމީގޮތުން މިއަދު މި ޚިދުމަތް ފެށުނުއިރު، މި ޚިދުމަތް އަދި ކުރިއަށް ގެންދަނީ ޓްރައަލްކޮށެވެ. ސްޕީޑް ފެރީގެ ދަތުރު ޓްރައަލް މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ ހއ. ދިއްދޫ ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި، މި ތިން ރަށް ގުޅުވާލެވިގެންނެވެ. 

އެކުންފުނިން ބުނެފައިވަނީ  ޓްރައަލް މުއްދަތު ނިމުމުން ސްޕީޑް ފެރީ ދަތުރުކުރާނެ ދާއިމީ ރޫޓެއް ކަނޑައެޅޭނެ ކަމަށެވެ. މި ސްޕީޑް ފެރީގެ ދަތުރުތަކަށް 150 އާއި 250 ރުފިޔާ އާއި ދެމެދުގެ އަގުތަކެއް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެމްޓީސީސީން ހުޅުމާލެ އާއި މާލެ އަދި ވިލިމާލެ އާއި މާލެއާ ދެމެދު ފެރީގެ ޙިދުމަތް

ދެމުންގެންދެއެވެ. މީގެ އިތުރުން ބައެއް އަތޮޅުތަކަށް ވެސް ދަނީ ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މިއަދު އޮންލައިން