އެމްޓީސީސީން ބުރުނިން ކުޑަހުވަދޫއަށް ފެރީ ޚިދުމަތް ދޭން ފަށައިފި

ކިޔުމަށް ހޭދަވާނީ 41ސ
އެމްޓީސީސީން ބުރުނިން ކުޑަހުވަދޫއަށް ފެރީ ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތ. ބުރުނިން ދ. ކުޑަހުވަދޫ އަށް ފެރީގެ ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ.

ތ.ބުރުނިން ދ.ކުޑަހުވަދޫ އަށް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިއަދު މެންދުރު ބޭއްވި ޚާއްސަ ރަސްމިއްޔާތަކަށް ފަހު، 13:30 ހާއިރުއެވެ.

އެމްޓީސީސީގެ ފަރާތުން ތައާރަފް ކުރި ފެރީގެ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ކުޑަހުވަދޫއަށް ޑޮކްޓަރަށް ދައްކަން ދާން ވެސް ވަރަށް ގިނަ ވަގުތު ނަގާ ކަމަށާއި، ފެރީގެ ހިދުމަތް ތައާރަފް ކުރުމާއި ގުޅިގެން އެކަމަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިއަދު އޮންލައިން