އެއާޕޯޓުގަ 14 ޗެކިން ކައުންޓަރު އިތުރުކޮށް އެއްފަހަރާ 400 ފަސިންޖަރުންނަށް ޚިދުމަތް ދޭން ތައްޔާރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އެއާޕޯޓުގަ 14 ޗެކިން ކައުންޓަރު އިތުރުކޮށް އެއްފަހަރާ 400 ފަސިންޖަރުންނަށް ޚިދުމަތް ދޭން ތައްޔާރުވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް އިތުރު 14 ޗެކިންގ ކައުންޓަރު ބަހައްޓައިފިއެވެ. 

އެމްއޭސީއެލް އިން މިއަދު ބުނީ މިހާރު ޖުމުލަ 42 ކައުންޓަރުން ޚިދުމަތް ދެވޭނެ ކަމަށާއި ކައުންޓަރުތައް މިއަދަދަށް އިތުރުކުރުމުން އެއް ފަހަރާ 400 ފަސިންޖަރުންނަށް މިހާރު ޚިދުމަތް ދެވޭނެ ކަމަށެވެ. 

އެމްއޭސީއެލްގެ ސީއީއޯ މޫސާ ޞާލިޙް ވިދާޅުވީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އަު ޓަރމިނަލް ތައްޤީކޮށް ޚިދުމްތަ ދޭ ފަށަން އަދި 3 އަހަރު ވަރު ވާނެ ކަމަށެވެ. އެހެންކަމާއިއެކުވެސް ފަސިންޖަރުންނަށް ދަތިނުކޮށް ވީހައި އަވަސް ޚިދުމްތެއް ފޯރުކޮށްދޭން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. 

މޫސާ ޞާލިޙް ވިދާލުވީ މިހާރުވެސް ދުވާލަކު 5000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ކަމަށާއި މިއަދަދު މިއަހަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 3 އަހަރުވެސް އިތުރުވެގެންދާނެ އިރު ފަސިންޖަރުންނަސް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން