ކެޔޮދޫ ބަނދަރު ހެދުން އެމްޓީސީސީ އާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ކެޔޮދޫ ބަނދަރު ހެދުން އެމްޓީސީސީ އާއި ހަވާލުކޮށްފި

ވ. ކެޔޮދޫ ބަނދަރު މަޝްރޫއު ފޭސް ދޭއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ.

މިމަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 29 މިލިޔަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 362 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓެއް ޖެހުމާއި 97 މީޓަރުގެ ރިވެޓްމަންޓްއެއް ޖެހުން އަދި 212 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓެއް ޖެހުން ހިމެނެއެވެ. އަދި ނެރު ބައްތި ޖެހުމާއި ބަނދަރުގެ ނެރު ފުންކުރުމާއި ރޭމްޕެއް ހެދުމުގެ އިތުރުން އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުން އަދި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުން ވެސް ހިމެނެއެވެ.

މިއެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ.

 

މިއަދު އޮންލައިން