ރޯދަމަހަށް ހާއްސަކޮށްގެން ޓިއުނީޝިއާގެ "ޖަދީދާ" މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯއިން ބާޒާރަށްނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ރޯދަމަހަށް ހާއްސަކޮށްގެން ޓިއުނީޝިއާގެ "ޖަދީދާ" މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯއިން ބާޒާރަށްނެރެފި

ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ ޖަދީދާ މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަރމާޓްއިން ބާޒާރަށް ތަޢާރަފްކޮށް، 5 ސައިޒެއްގެ ތަށި ހެޔޮއަގުތަކެއްގައި ވިއްކަންފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އަގުހެޔޮކުރި ސައިޒުތަކަށްބަލާލާއިރު އާންމު ގޭބިސީތަކަށް ޚާއްސަ 250 ގުރާމް، 450 ގުރާމް، 1 ކިލޯއާއި 2.5 ކިލޯ، އަދި ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް9.5 ކިލޯގެ ޓައްޕު ހިމެނެއެވެ.

ޖަދީދާމާޖިރީނަކީ ރަހަމީރު އަދި ކޮލެޓީ ރަނގަޅު ބްރޭންޑެއްކަމަށާއި މިއީމިވަގުތު ރާއްޖޭގެ ބާޒާރުން ލިބެންހުންނާނެ އެންމެއަގުހެޔޮ މާޖިރީންކަމަށް ވެސް އެސްޓީއޯއިންބުނެއެވެ.

ޖަދީދާ މާޖިރީންގެ ރީޓެއިލްއަގުތަކަށްބަލާލާއިރު 250 ގުރާމްގެތައްޓެއް 15ރއަށް، 450 ގުރާމްގެތައްޓެއް 22ރއަށް، 1 ކިލޯގެތައްޓެއް 45ރއަށް، 2.5 ކިލޯގެތައްޓެއް 90ރއަށް އަދި މީގެއިތުރުން ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ޚާއްސަކޮށް 9.5 ކިލޯގެޓައްޕެއް 270ރއަށް ލިބޭނެއެވެ. ހަމައެއާއެކު ހޯލްސޭލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރުޑ ިސްކައުންޓް އަގުތަކެއްގައި ޖަދީދާމާޖިރީން ލިބޭނެ ކަމަށްއެސްޓީއޯ އިން މަޢުލޫމާތުދެއެވެ.

ޖަދީދާބްރޭންޑްގެ މާޖިރީން ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުންނާއ ިހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލްސެންޓަރުން އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ލިބެންހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯ ސުޕަރމާޓްއަކީ ކާބޯތަކެތީގެ ކޮލިޓީ ރަނގަޅު ތަފާތު ގިނަބާވަތްތަކެއް އެކި ގައުމުތަކުން އެތެރެކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަމުން ގެންދާ ފަރާތެކެވެ. އަދި ހާއްސަކޮށް ރޯދަމަހު ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ މުހިއްމު ހިއްސާދާރެކެވެ. ~ ~ ~

މިއަދު އޮންލައިން