ޖަލު ބަންދުގައި ހުރި މީހަކު މިނިވަންކުރެވުނީތީ މިއަދާ ހަމައަށް ވެސް ހިތާމަ ކުރަން: ރައީސް ޞޯލިޙް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ޖަލު ބަންދުގައި ހުރި މީހަކު މިނިވަންކުރެވުނީތީ މިއަދާ ހަމައަށް ވެސް ހިތާމަ ކުރަން: ރައީސް ޞޯލިޙް

ޖަލު ބަންދުގައި ހުރި މީހަކު މިނިވަންކުރެވުނީތީ މިއަދާ ހަމައަށް ވެސް ހިތާމަ ކުރައްވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެންވިދާޅުވީ އެމްނިކުފާނުގެ ވެރިކަމުގައި ޖަލު ބަންދުގައި ހުރި މީހަކު މިނިވަންކޮށްފައިވާތީ އެކަމާއިގުޅިގެންނެވެ.

"ރާއްޖެ ޓީވީ" ގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞޯލިޙް ވިދާޅުވީ ޖަލު ބަންދުގައި ހުރި މީހަކު، ގާނޫނީ އިމުގެ ތެރެއިން ނަމަވެސް މިނިވަންކުރެވުނީތީ މިއަދާ ހަމައަށް ވެސް ހިތާމަ ކުރައްވާ ކަމަށާއި މިހާރު، އެނިންމުން ނުނިންމެވުނު ނަމައޭ ވެސް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.

މަުލޫމާތުލިބިފައިވާގޮތުގައި ރައީސް ސޯލިހް ހުވާކުރެއްވުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ، ޖަލު ބަންދުން މިނިވަން ކުރެއްވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީމަޖިލީހުގެ ކުރީގެ މެނބަރު އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އެވެ.

ރައީސް ޞޯލިޙްގެ މި ނިންމެވުމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

މިއަދު އޮންލައިން