މެލޭޝިޔާ ސަފީރުކަމަށް ވިސާމް ޢަލީ ޢައްޔަން ކުރައްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 31ސ
މެލޭޝިޔާ ސަފީރުކަމަށް ވިސާމް ޢަލީ ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހެންވޭރު އާޒާދެވާދީ ވިސާމް ޢަލީ ޢައްޔަން ކުރައްވައިފިއެވެ.

ވިސާމް ޢަލީއަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ވިސާމް ޢަލީ އަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ގެ އަނބިކަބަލުންނެވެ. ވިސާމް ޢަލީ ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވާފައެވެ.

މިއަދު އޮންލައިން