ތިބާ ވޯޓުދޭ މީހެއްގެ ކިބައިގައި މިކަންކަން ހުރިތޯ ޔަޤީން ކުރައްވާށެވެ. އަދި މިކަންކަމަށް އަހުދު ކަށަވަރު އޭނާގެ ކިބައިން ހިއްޕަވާށެވެ. މިސިފަތައް ހުރި އެއްވެސް ކެންޑިޑޭޓއް ނެތް ނަމަ، ދެން މިސިފަތަކާއި އެންމެ ކައިރިކުރާ ސިފަތަޖެއް ހުރި ކެންޑިޑޭޓަކަށް ވޯޓުދެއްވާށެވެ.
1، އިސްލާމް ދީނަށް ލޯބިކުރާތެރި، ފަރުޟު 5 ނަމާދުކުރާ މީހެއްކަން
2، މާތް ﷲ އަށް ބިރުވެތިވާ، އިޚްލާޞްތެރި، ތެދުވެރި، އަޚްލާޤް ރަނގަޅު ނަޒާހަތްތެރިއެއްކަން
3، ޤައުމުދެކެ ލޯބިވާ، ޤައުމަށް ހެޔޮ އެދެ މީހެއްކަން
4، ޤާނޫނު އަސާސީގައި ހިމެނޭ އިސްލާމް ދީނާއި ގުޅޭ މާއްދާތައް ހިމާޔަތްކޮށް، އެ މާއްދާތައް އުވާލަން ބައަކު މީހުން އުޅެފިނަމަ އެކަމާއި ދެކޮޅަށް ކުރިމަތިލާން ވަރުގަދައަށް ކެރޭނެ މީހެއްކަން
5، ދީނާއި ގައުމުގެ މަޞްލަހަތު ފުށޫއަރާ ކަމެއްގައި އޭނާ ނިޞްބަތްވާ ޕާޓީ އާއިވެސް އެކަމުގައި ދެކޮޅުވާން ކެރޭނެ މީހެއްކަން
6، ހުށަހެޅޭ ބިލްތަކުގައި، އިސްލާމް ދިނުގެ ޝަރީޢަތާއި ފުށުއަރާ ކަމެއް އޮތް ނަމަ، އެކަމެއް އިޞްލާޙްކުރަން އަދި ބިލްތަކާބެހޭގޮތުން ޢިލްމްވެރިންނާ މަޝްވަރާ ކުރާނެ މީހެއްކަން
- ޝައިޚް ޝަފީޢް ޢަބްދުﷲ