ސަރުކާރުގެ ސިޔާސަތަކީ ރަށްރަށް ހިންގުމުގެ ބާރު ރަށު ކައުންސިލްތަކާ މުޅިން ހަވާލުކުރުން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސަރުކާރުގެ ސިޔާސަތަކީ ރަށްރަށް ހިންގުމުގެ ބާރު ރަށު ކައުންސިލްތަކާ މުޅިން ހަވާލުކުރުން: ރައީސް

ސަރުކާރުގެ ސިޔާސަތަކީ ރަށްރަށް ހިންގުމުގެ ބާރު ސަރުކާރުން ދޫކޮށްލައި، ރަށު ކައުންސިލްތަކާ މުޅިން ހަވާލުކުރެއްވުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ގެސްޓް ހައުސް ޓޫރިޒަމަށް ޚާއްސަކޮށް، 'އައިލެންޑްސްޑޮޓްއެމްވީ' ގެ ނަމުގައި ސަރުކާރުން އިފްތިތާހުކުރި ވެބްސައިޓް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޖަޒީރާވަންތަ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު ރަށްރަށުގެ ފުދުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށާއި ހިންގުމާ އެކީގައި މާލީގޮތުން ފުދުންތެރި ކުރުވުން އެއީ އެއް ސިޔާސަތު ކަމަށެވެ. އަދި ރަށްރަށުގައި ހިންގާ ވިޔަފާރިތައް ފަދަ ކަންކަން ވެސް ކައުންސިލްތަކުގެ ދަށަށް ދޫކޮށްލަން ވިސްނާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "އައިލެންޑްސް.އެމްވީ" ވެބް ޕޯޓަލް މެދުވެރިކޮށް ގެސްޓް ހައުސް ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި ރަށްރަށާ ގުޅޭ ފުރިހަމަ މައުލޫމާތު ދުނިޔެއަށް ފެތުރުމުގެ ބާރު ވެސް ސަރުކާރުން ދޫކޮށްލާނީ ކައުންސިލްތަކުގެ އަތްމައްޗަށް ކަމަށެވެ. 

މިރޭ އިފްތިތާހު ވެގެންދިޔަ "އައިލެންޑްސް.އެމްވީ" ވެބް ޕޯޓަލްއަކީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން