ސިޔާސީ އެއްވެސް ލީޑަރެއް ޖަލުގައި ބަންދުކުރެވިފައެއް ނުހުންނާނެ: ރައީސް ސޯލިހް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ސިޔާސީ އެއްވެސް ލީޑަރެއް ޖަލުގައި ބަންދުކުރެވިފައެއް ނުހުންނާނެ: ރައީސް ސޯލިހް

މިއަދު ހަމަ ގައިމުވެސް ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދުކުރެވިފައެއް ނުހުންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގެއްލިފައިވާ ހައްގުތައް ހޯދުމަށް ޓަކައި، އޭރު ފާސްކުރެވިފައި ހުރި އެތައް ގާނޫނެއް ރައްޔިތުން މަޖިލީހަށް ހުށަހަޅައި، ވަނީ ބާތިލު ކުރެވިފައިކަމަށާއި މިއަދު ހަމަ ގައިމުވެސް ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދުކުރެވިފައެއް ނުހުންނާނެކަމަށެވެ.

މަނީ ލޯންޑްރިންގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގެ ސިއްހީ ހާލުކޮޅުދެރަވުމުގެ ސަބަބުން މިހާރުވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. 

މިއަދު އޮންލައިން