އެސްޓީއޯގެ ބައެއް ކުންފުނިތައް އުވާލައި ބައެއް ކުންފުނިތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
އެކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ސަބަސިޑަރީ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ އާއި އެސްޓީއޮ ހޮޓެލްސް އެންޑް ރިޒޯޓްސް އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެސްޓީއޯ މޯލްޑިވްސް (ސިންގަޕޫރު) ކުންފުނީގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ ކުންފުނިތަކަށް ކޮށްފައިވާ އިންވެސްޓްމަންޓާއި އެއްވަރުގެ ފައިދާތަކެއް ކުންފުނިތަކަށް ކުރަމުން ނުދާތީ ކަމަށެވެ.
