ށ.ފުނަދޫ އެއާޕޯޓުގެ މަސައްކަތް 2 ދުވަހެއްގެ ތެރޭގައި ނިމި ގދ. މާވަރުލުގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސައްކަތް ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައި ނިންމައި ކްލައިންޓާއި ހަވާލުކުރެވޭވަރު ވާނެކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. "މާވަރުލް އެއާޕޯޓްގެ މަސައްކަތުންވެސް ބޮޑުބައެއް އެވަނީ ނިމިފަ. މިހާރު ކުރިއަށް ގެންދަން އޮތީ ހަމައެކަނި ތާރު އެޅުމުގެ މަސައްކަތް."
އެމްޓީސީސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓުގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ، ފޮނަދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން ޓެސްޓް ފްލައިޓްތައް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ސީއީއޯ ޙަސަން ޝާހް ވިދާޅުވީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުގެ ޕައިޕް ލައިންގައި މިހާރު ވެސް ހުރިއިރު އެ މަޝްރޫއުތައް އެމްޓީސީސީއަށް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށެވެ. އެއިގެ ތެރޭގައި ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތަކާއި އެއާޕޯޓްތައް ތަރައްޤީކުރުމާއި ނަރުދަމާ އެޅުން ފަދަ މަޝްރޫއުތައް ހުރުމުން އެ މަޝްރޫޢުތައް އެމްޓީސީއަށް ލިބޭނެ ކަމުގައި އުންމީދުގައި ކުންފުނިން މިހާރުވެސް ދަނީ ތައްޔާރުވަމުން ކަމަށެވެ.