ހއ. އަދި ހދ. އަތޮޅުގައި އެމްޓީސީސީ އިން ޔަންމާ ސާވިސް ކެމްޕޭނެއް ހިންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ހއ. އަދި ހދ. އަތޮޅުގައި އެމްޓީސީސީ އިން ޔަންމާ ސާވިސް ކެމްޕޭނެއް ހިންގައިފި

ހއ. އަދި ހދ. އަތޮޅުގައި އެމްޓީސީސީ އާއި ޔަންމާ އޭޝިއާ ގުޅިގެން ޔަންމާ ސާވިސް ކެމްޕޭނެއް ހިންގައިފިއެވެ.

8 މާާޗް އިން 10 މާާޗް އަށް ކުރިއަށް ގެންދިޔަ މި ކެމްޕޭނުގެ ދަށުން، ދެ އަތޮޅުގައި ޔަންމާ އިންޖީނު ގެންގުޅޭ އޮޑިވެރިންގެ ގާތަށް އެމްޓީސީސީ އަދި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމެއް ވަނީ ގޮސް އިންޖީނުތައް ސާވޭކުރުމުގެ އިތުރުން ޔަންމާގެ ޖެނުއިން ސްޕެއާ ޕާޓްސް ބޭނުންކުރުމުގެ މުހިންމުކަން، އޮޑިވެރިންނާ ހިއްސާކޮށްފައިވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި ކެމްޕޭނުގައި ސާވޭކުރާ ކޮންމެ އޮޑިއަކަށް ޔަންމާ މެއިންޓެނަންސް ކިޓެއް އެމްޓީސީސީން ވަނީ ހަދިޔާކޮށްފައެވެ.

 

މިއަދު އޮންލައިން