ޙާލަތެއް ނެތި ސަލާންޖަހާމީހުން ޤިޔާމަތް ދުވަހު އަންނަހުށީ އެނާގެ މޫނުގަ އެންމެ މަސްކޮޅެއްވެސް ނެތި: ޝައިޚް އަޙްމަދު ރިމާޒް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޙާލަތެއް ނެތި ސަލާންޖަހާމީހުން ޤިޔާމަތް ދުވަހު އަންނަހުށީ އެނާގެ މޫނުގަ އެންމެ މަސްކޮޅެއްވެސް ނެތި: ޝައިޚް އަޙްމަދު ރިމާޒް

"ޙާލަތެއް ނެތި ސަލާންޖަހާމީހުން ޤިޔާމަތް ދުވަހު އަންނަހުށީ (މަޙްޝަރަށް ދާހުށީ) އެނާގެ މޫނުގަ އެންމެ މަސްކޮޅެއްވެސް ނުވާ ހާލުގައެވެ."

- ޝައިޚް އަޙްމްދު ރިމާޒް

"އެމީހާގެ މުއްސަނދިކަން އިތުރުކުރަން ސަލާން ޖަހާ މީހާ އެ އެދެނީ އަނދައަނދައި ހުންނަ އަނގުރު އަލިފާނަށް" ކަން ޞަޙީޙް މުސްލިމުން އެނގެން އެބައޮތެވެ.  

މިއީ ފުންކޮށް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ދެން އެހެން ގޮތެއް ނެތިގެން މެނުވީ ސަލާން ޖެހުމެއް ނެތެވެ. ސަލާން ޖެހުމަކީ ހަމައެކަނި ކުރީ ޒަމާނުގައި އަތް ދިއްކޮށްފައި، "ކޮންމެވެސް އެއްޗެއް ދެއްވާތޯ އައްސަލާމްޢަލައިކުމް" ކިޔައި ސަލާންޖެހުމެއް ނޫނެވެ. މީހުންގެ އަތުން  އެއްޗެއް ހޯދުމަށް ކަންކަމު ކިޔުމަކީވެސް ހަމަ ސަލާން ޖެހުމެވެ. އެހެންކަމުން މީހެއްގެ ގާތުގައި ކަމަކު ބުނަން ޖެހޭނީ ދެން އެހެން ގޮތެއް ނެތިގެންނެވެ. ނަމަވެސް މީހުންގެ އަތުން އެއްޗެތި ހޯދުމަށް އެދުން މިއަދު މިވަނީ ފެޝަނަކަށް ހަދައިފައެވެ.

The poor person is not the one who goes round the people (begging them) and is dismissed with one or two morsels, and one or two dates. The poor is that who has not enough (money) to satisfy his needs; his condition is not known to others that they may give him something in charity, nor does he beg of people.” (Bukhari and Muslim)

މި ޙަދީޘަށް ބައްލަވާށެވެ. ހަޤީޤީ ފަޤީރަކީ އެމީހާގެ ބަނޑުފުރާނަ މުއްތިކުރާނެ މިންވަރު އަތުގައި ނެތިގެން ސަލާންޖަހާ މީހުންނެއް ނޫން ކަމާއި ޙަޤީޤީ ފަޤީރުންނަކީ އެމީހުން ފުއްދަން ބޭނުންވާ ކަންތައްތައް ޙާޞިލު ނުކުރެވިގެން ސަލާންޖަހާމީހުންކަން އެނގިގެންދާނެއެވެ. 

ބަޤަރާ ސޫރަތުގެ 273 ވަނަ އާޔަތަށްވެސް ވިސްނައިލާށެވެ. "ﷲގެ މަގުގައި (ޖިހާދު ކުރުމުގައި) ބަންދުވެފައި ތިބި ފަޤީރުންނަށް (ސަދަޤާތް ދިނުން)ހުށްޓެވެ. އެއުރެންނަކަށް (ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ބިމުގައި ދަތުރުފަތުރުކޮށެއް ނުއުޅެވެއެވެ. އެއުރެންގެ ޚަބަރު ނުދަންނަ މީހާ ހީކުރާނީ، އެއްޗެއްސަށް ނުއެދުމުގެ ސަބަބުން، އެއީ، މުއްސަންދިން ކަމަށެވެ. އެއުރެންގެ ޢަލާމާތްތަކުން، ތިބާއަށް އެއުރެން ނުއެނގޭނެއެވެ. އެއުރެން އެއްޗެއްސަށް އެދި، މީހުންނަށް އާދޭސް ނުކުރާނެތެވެ. ތިއަބައި މީހުން މުދަލުން ހޭދަކުރާ ކޮންމެ އެއްޗަކާއިމެދު (ދަންނާށެވެ!) ފަހެ، ހަމަކަށްވަރުން، ﷲ، އެކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ."

މިއަދު އޮންލައިން