ވިހެއުމާއި ގުޅިގެން އެސްޓީއޯގެ މުވައްޒިފުންނަށްވެސް ސިވިލް ސަރވިސްގެ މުވައްޒިފުންނާ އެއްގޮތަށް ޗުއްޓީ ދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ވިހެއުމާއި ގުޅިގެން އެސްޓީއޯގެ މުވައްޒިފުންނަށްވެސް ސިވިލް ސަރވިސްގެ މުވައްޒިފުންނާ  އެއްގޮތަށް ޗުއްޓީ ދެނީ

ވިހެއުމާއި ގުޅިގެން މުވައްޒަފުންނަށް ލިބޭ ޗުއްޓީއަށް މިއަދުން ފެށިގެން އެސްޓީއޯއިން ވެސް ބަދަލު  ގެނެސް ސިވިލްސަރވިސްގެ މުވައްޒިފުންނަށް ލިބޭ ފަދައިން ޗުއްޓީ ދިނުމަށް ނިންމައިފިއެވެ.   

އެގޮތުން ވިހެއުމާއި ގުޅިގެން އަންހެން މުވައްޒަފުންނަށް މުސާރައާއި އެކު ލިބޭ ޗުއްޓީ، 180 (ސަތޭކަ އަށްޑިހަ) ދުވަހަށް ބަދަލުކުރުމާއިއެކ އަނބިމީހާ ވިހެއުމުން، ފިރިމީހާއަށް މުސާރަ ލިބޭގޮތަށް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މިގެނެވުނު ބަދަލުތަކާއިއެކު ވިހެއުމާއި ގުޅިގެން ޗުއްޓީގައި މިވަގުތު ތިބި މުވައްޒަފުންގެ ޗުއްޓީއަށްވެސް  މިއުސޫލުން ބަދަލު ގެނެވޭނެ ކަމަށެވެ.

 

މިއަދު އޮންލައިން