އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމުން 10 ހެޔޮކަން- ސަލާމް ފުރިހަމަކުރުމުން30 ހެޔޮކަން! ފުރުޞަތު ދޫކޮށް ނުލާ!: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމުން 10 ހެޔޮކަން- ސަލާމް ފުރިހަމަކުރުމުން30 ހެޔޮކަން! ފުރުޞަތު ދޫކޮށް ނުލާ!: ޚުޠުބާ

މީސްތަކުން އެކަކު އަނެކަކާއި ބައްސަލުވާހިނދު ސަލާމް ކޮށްގެން ސަވާބު ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އެކަން ނުއެނގޭތީ ނަމަވެސް އަޅުގަނޑުމެން މިއަދު މިވަނީ ސަލާމް ކުރުމާއި ބީރައްޓެހި ބައަކަށް ވެފައެވެ. ފުރިހަމަ ގޮތުގައި މީހަކާއި ސަލާމްކޮށްލައިގެން 30 ހެޔޮކަން ލިބެން އޮތް އިރުގައިވެސްމެއެވެ.

 

- މިއަދުގެ ޚުޠުބާއިން 

މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވުމުން ސަލާމް ނުކުރުމުގެ ހުރި ނުބައިކަމަށް ބައްލަވާށެވެ! ހަމައެކަނި ދަންނަ މީހުންނާއި ސަލާމް ކުރާނަމަ އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ. އަޅުގަނޑުމެންގެ މެދުގައި ކަންތައް ކުރެވެނީ އެގޮތަށެވެ. ދަންނަ މީހަކާއި ނޫނީ ސަލާމް ނުކުރުން މިވަނީ ޢާންމުވެފައެވެ. ވީމާ މިއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ.

 

- މިއަދުގެ ޚުޠުބާއިން

 ފޯނު ކުރުމުގަ އާއި ސޯޝަލް މީޑިއާގައި މުޢާމަލާތު ކުރުމުގައިވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމްކޮށް، ސަލާމަށް ޖަވާބުދޭ ބައަކު ކަމުގައި ވުމަށް އިމާމް ވަނީ ގޮވާލައްވައިފައެވެ. އަދި އެގޮތަށް އެކަންތައް ކޮށްގެން 30 ދަރުމަ ހޯދުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާފައިވާކަން ވެސް އިމާމް ވަނީ ފާހަގަކުރައްވައިފައެވެ.  

 

- މިއަދުގެ ޚުޠުބާއިން

 

 

މިއަދު އޮންލައިން