މިއަހަރުގެ ދެވަނަ 3 މަސް ތެރޭ މާފުށީ ބިންހިއްކަން ފަށަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއަހަރުގެ ދެވަނަ 3 މަސް ތެރޭ މާފުށީ ބިންހިއްކަން ފަށަނީ!

މިއަހަރުގެ ދެވަނަ 3 މަސް ދުވަސް ތެރޭގައި ކ. މާފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖެ ތަރައްޤީ ކުރުމުގައި އަދި ޚާއްޞަކޮށް، ގުރައިދޫ ދާއިރާގެ ކަންތައްތައް ތަރައްޤީ ކުރުމުގައި، މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރަން ނިންމާފައި ހުރި ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.  

 އެގޮތުން މާފުށްޓަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ބައެއް ޙިއްޞާކުރާ ރަށެއް ކަމަށާއި ރަށުގެ ބިމުގެ މައްސަލައަކީ، ވަރަށްބޮޑު މައްސަލައަކަށް ވެފައިވުމުން މާތްﷲގެ ވާގިފުޅާއިއެކު މި އަހަރުގެ ދެވަނަ 3 މަސް ދުވަސް ތެރޭގައި މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ހަމަ އެއާއިއެކުގައި، މާލެއަތޮޅު ދެކުނުބުރީގައި މި އޮތް ގުޅި، ގުރައިދުއަށް ބައްލަވާއިރު  ގުރައިދުއަކީ ވެސް ބިމުގެ ދަތިކަން ނިހާޔަތަށް ބޮޑުވެފައި އޮތް ރަށެއް ކަމަށާއި އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރޭގައި، ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން ފަށާނެ ކަމަށެވެ. އަދި ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމު، މި އަންނަ ހަފްތާގެ ތެރޭގައި އިޢުލާނުވެސް ކުރެވިގެންދާނެ ކަމަށެވެ.  

މިއަދު އޮންލައިން