ލޯފަން ކުދިންނަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަންނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބޔުނެފައިވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ނުކުޅެދުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މަޢުލޫމާތު ދިނުން ހިމެނާ ކަމަށައި މިސިޔާސަތުގެ ދަށުން އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ލޯފަން ކުދިންނަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައއިވާ ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން، 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް އަންގަވައި ނަން ނޯޓް ކޮށްދެއްވުން އެދޭކަމަށް އެމިނިސްޓްރީން ވަނީބުނެފައެވެ.