ފަޚުރުވެރި ޢާއިލާއެއް ބިނާކޮށްދިނުމުގެ މަސައްކަތް ފަށައިގަންނާނީ ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަޚުރުވެރި ޢާއިލާއެއް ބިނާކޮށްދިނުމުގެ މަސައްކަތް ފަށައިގަންނާނީ ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު: ރައީސް ޞާލިޙް

ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށާއި  އެ މަސައްކަތް މި ސަރުކާރުން ފަށައިގަންނާނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އަލަށް ދުނިޔެއަށް އަންނަ އެ ތުއްތު ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް، މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް، މުސާރައާ އެކުގައި ލިބޭނެ ކަމަށެވެ.

"އަދި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް، އެއްމަސްދުވަހުގެ ޕެޓަރނިޓީ ލީވްވެސް، މުސާރައާއެކުގައި ލިބޭނެ. މީގެ އިތުރުން، ހަ މަސް ނުވާ ދަރިން ތިބިނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށްވެސް، މި ސިޔާސަތުގެ ދަށުން ޗުއްޓީ، މިއަދުން ފެށިގެން ލިބޭނެ" ކަމަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން