ސިވިލް ސަރވިސްގަ ވަޒީފާ އަދާކުރާ މައިންނަށް މިއަދުން ފެށިގެން، ވިހެއުމާއި ގުޅިގެން 6 މަސް އަދި ބައްޕައަށް 1 މަސް ދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި ރެހެނދި އެވޯޑް ދިނުމަށް މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވިހައި މިހާރު 6 މަސް ނުފުރޭ ކުދިންގެ މައިންނަށާއި ބައްއިންނަށް މިއަދުން ފެށިގެން މި އިނާޔަތް ލިބެމުން ދާނެ ކަމަށެވެ.

--އިތުރު ތަފްޞީލް އަންނަނީ