ވިލާ ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ވިލާ ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުން މޭ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 13 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 6 ކޯހަކާއި، ޑިގްރީ ފެންވަރުގެ 21 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 20 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 13 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 13 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 2 ކޯހަކާއި ސެޓްފިކެޓް ލެވެލް 1 ގެ އިތުރުން މެރިން ސްޓަޑީސް ގެ 8 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވިލާކޮލެޖުން ބުނެފައިވަނި މިކޯސް ތަކުގެތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް ގެ މާސްޓާރސް އަދި ޑިގްރީ ކޯސްތައް ހިމެނޭކަމަށެވެ.

މި ކޯސް ތަކުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރި ވުމަށް އެދޭފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 11 އޭޕްރީލް 2019 އެވެ. 

މި ކޯސް ތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ ފުރަތަމަ ދެހަފްތާތެރޭގައެވެ.

 

 

މިއަދު އޮންލައިން