ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑިޕީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކ. ގުރައިދޫއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވީ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވުމަށް ރައީސް ސޯލިހު މިރޭ ގުރައިދޫ އަށް ވަޑައިގަންނަވާނެ ކަމަށާއި މިއީ ރައީސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅު ކަމަށެވެ. އެހެހްނަމަވެސް ރައީސްގެ ކެމްޕޭނު ދަތުރުތަކުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެމްޑީޕީން ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ ގުރައިދޫގައެވެ.