އެސްޓީއޯގެ ބޯޑް ޑިރެކްޓަރ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!

ކިޔުމަށް ހޭދަވާނީ 1މ 14ސ
އެސްޓީއޯގެ ބޯޑް ޑިރެކްޓަރ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

 

އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެމަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އާއި އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ހުށަހަޅަން ޖެހެނީ އެސްޓީއޯގެ ހެޑް އޮފީހުގެ ރިސެޕްޝަަނަށް ކަމަށާއި މިފޯމް އެކުންފުނީގެ ރިސެޕްޝަން އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

 

އެސްޓީއޯއިން ބުނީ، ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އެކުންފުނިން ކޮށްފައިވާ އިއުލާން އަދި "ބޯޑު ކެނޑިޑަސީ ގައިޑްލައިން" ގައި ބަޔާންކޮށްފައި ވާނެ ކަމަށާއި އެޑޮކިއުމަންޓްތައް ކުންފުނީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަަމަށެވެ. އަދި ފޯމް ހުށަހަޅާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރާއިރު، އިންޓަވިއުއިން ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމަގާމަށް އިންތިހާބު ކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށްހުށަހަޅާނެ ނަންތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުން ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން