އުރީދޫ އިން ހިއްޞާއަކަށް 3.22 ރުފިޔާ ބަހަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އުރީދޫ އިން ހިއްޞާއަކަށް 3.22 ރުފިޔާ ބަހަނީ

2018 ވަނަ އަހަރުގެ ހިއްސާގެފައިދާ (ޑިވިޑެންޑް)ގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 22 ލާރި ހިއްސާދާރުންނަށް ބެހުމަށް  ފާސްކޮށްފިއެވެ.

މިކަން ފާސްކުރީ ރޭ ދަރުބާރުގޭގައި ބޭއްވި އުރީދޫ މޯލްޑިވްސް ޕލކ ގެ އަހަރީ ޢާންމު ޖަލްސާގައެވެ. 

މި އޭޖީއެމްގައި ޖުމްލަ 157 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 48 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 109 ހިއްސާދާރުންވަނީ ދަރުބާރުގެއަށް ހާޒިރުވެ އޭޖީއެމްގައި ބައިވެރިވެފައެވެ. އޭޖީއެމްގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 134،358،103 (ސަތޭކަ ތިރީސް ހަތަރު މިލިއަން، ތިންސަތޭކަ ފަންސާސް އަށް ހާސް ސަތޭކަ ތިން) ހިއްސާއެވެ.

ރޭ ގެ ޖަލްސާ އެޖެންޑާ ކުރެވިފައިވާ ގޮތުގެ މަތިން، ވޭތުވެ ދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ވަނީ ފާސްކޮށްފައެވެ. 

އުރީދޫގެ ހިއްސާދާރުންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރުދަންނަވައި، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާނީ ހިއްސާދާރުންގެ ލާބައާއި މަންފާއަށްކަމުގެ ފުރިހަމަ ޔަގީންކަން އުރީދޫން ދެއެވެ.

 

މިއަދު އޮންލައިން