ބުދުތައް އެތެރެކުރި މީހާގެ ފުރިހަމަ ތަޙްޤީޤެއް ކުރަން ބައަކު އެދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ބުދުތައް އެތެރެކުރި މީހާގެ ފުރިހަމަ ތަޙްޤީޤެއް  ކުރަން ބައަކު އެދޭ!

ރޭ ރާއްޖެ އައި އިންޑިއާ މީހަކު، އަޅުކަން ކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ބުދުތައް ރާއްޖެއަށް އެތެރެކުރި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށާއި ތަޙްޤީޤް ފުރިހަމަ ނުކޮށް އޭނާ ޑީޕޯޓް ނުކުރުމަށް އެދި ގިނަ ބައަކު ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެކެވެ. އަދި މިކަމުގައި ބައިވެރިވާ ދިވެހިންގެ ބައަކުވެސް ތިބޭނެއެވެ. އަޅުކަން ކުރަން ބޭނުންކުރާ ބުދު ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެއްކަން ނުއެނގޭ ކަމަށް ބުނި ނަމަވެސް އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ގިނަ ބައަކު ބުނެއެވެ.

"މިއީ އިންޑިއާ ސަރުކާރާ ގުޅުންހުރި ކަމެއް ކަމަކަށް ނުބެލެވޭ. އެއީ ސަރުކާރުން ބޭނުންވި ނަމަ އެތަކެތި ޑިޕޮލޮމެޓިކް ޕާރުސަލުގެ ނުވަތަ ލަގެޖުގެ ގޮތުގަ ގެނައިމަ ޗެކްނުކޮށް އެތެރެކުރެވޭނެ. ވީމާ ބެލެވެނީ މިއީ ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތް ކުރާ ބޮޑު ޖަމާއަތަކުން ކޮށްފައިވާ ކަމެއް ކަމަށް. މިއީ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުން." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

މިފަދަ ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅާނަމަ މިފަދަ ކަންކަން ކުރުން އިތުރުވެ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން ދާނެ ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން