ނުޙައްޤުން މުއްސަނދިކަން ހޯދުން ނުހުއްޓިވިގެން މިއުޅެނީ ޤާނޫނު ނެތިގެނެއް ނޫން!- ތަންފީޒު ކުރާނެ ފަރާތެއް ނެތުމުން!: ސައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ނުޙައްޤުން މުއްސަނދިކަން ހޯދުން ނުހުއްޓިވިގެން މިއުޅެނީ ޤާނޫނު ނެތިގެނެއް ނޫން!- ތަންފީޒު ކުރާނެ ފަރާތެއް ނެތުމުން!: ސައުދު

ރާއްޖޭގެ ގިނަ ބައަކު ނުޙައްޤުން މުއްސަނދިކަން ހޯދައި ތަނަވަސްކަމުގައި އުޅެމުންދާއިރު އެކަންކަން ނުހުއްޓުވިގެން މިއުޅެނީ އެކަންކަން ތަޙްޤީޤްކޮށް ފިޔަވަޅު އެޅޭނެ ޤާނޫނުތައް ނެތިގެން ނޫން ކަމަށާއި މިހާރު ހުރި ޤާނޫނުތައްވެސް ތަންފީޒުކުރާނެ ފަރާތެއް ނެތުމުން ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައުދު މިއަދު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް އިތުރުވެ ބޮޑެތި އަދަދުތަކުން ޚިޔާނާތްތެރިވުން އިތުރުވެގެން މިދަނީ ވެސް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު ނުއެޅޭތީ ކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މިމައްސަލަތަކަށް ހައްލެއް ގެނެސް ދެއްވައި މިފަދަ ކަންކަން ހުއްޓުވަން ފިޔަވަޅު އަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން