މުންކަރާތެއް ހުއްދަކުރަން ވަކާލާތުކުރުމަކީ މުންކަރާތަކަށް އަރައިގަތުމަށްވުރެ ނުބައި ކަމެއް!: ޝައިޚް ޝަފީޢް ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މުންކަރާތެއް ހުއްދަކުރަން ވަކާލާތުކުރުމަކީ މުންކަރާތަކަށް އަރައިގަތުމަށްވުރެ ނުބައި ކަމެއް!: ޝައިޚް ޝަފީޢް ޢަބްދުﷲ

"މުންކަރާތެއް ހުއްދަކުރަން ނުވަތަ މުންކަރާތެއް ދިފާއުކޮށް އެއީ ޙައްޤުކަމަށް ބަޔާންކުރަން ވަކާލާތުކުރުމަކީ މުންކަރާތަކަށް އަރައިގަތުމަށްވުރެ ނުބައިކަން ބޮޑު ކަމެކެވެ. އެއީ މުއްމިނުންގެ ސިފައެއް ނޫނެވެ. އަދި އެއީ މުނާފިޤުންގެ ސިފައެކެވެ."

- ޝައިޚް ޝަފީޢް ޢަބްދުﷲ 

ޝައިޚް ޝަފީޢް ޢަބްދުﷲ މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އެނގި ތިބެ ނަމަވެސް އަދި ނުއެނގި ތިބެ ނަމަވެސް އިސްލާމް ދީނުގައި ބަޔާން ވެގެންވާ އެންމެ ބޮޑެތި ފާފަތަކަށް އަރައިގަތުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުނެ ބައެއް މީހުން އެކަންކަމަކީ ހުއްދަ ކަންކަން ކަމަށް ވަކާލާތު ކުރަމުން ގެންދާ ވަގުތެއްގައެވެ. 

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި އައުރަ ނިވާނުކޮށް އުޅުމާއި ރިބާގެ މައްސަލަތައް ފަދަ މައްސަލަތައް ފާހަގަކުރެވެއެވެ. 

ބައެއް މީހުން ދެކޭ ގޮތުގައި ގެސްޓުން އަތުން ޑޮލަރު ލިބޭތީ އެމީހުންނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީގައިވެސް އުޅެވޭނެއެވެ. އަދި ބުރިބުރިއަށް ގެ އެޅި، ވިޔަފާރިކޮށް މަންފާ ލިބޭތީ ރިބާ ވެސް ހަމަ ހުއްދައެވެ.  

މިއަދު އޮންލައިން