މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީ ހުއްދަކުރި، ޤާނޫނެއް ޤަވާއިދެއް އޮތްނަމަ އެ ޤާނޫނާއި ޤަވާއިދު ދެއްކުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
މީގެ އިތުރުން ބިކިނީ ލައިގެން މޫދަށް އެރި އުޅެން ޚާއްޞަ ސަރަހައްދެއް ރަށު ކައުންސިލަށް ކަނޑައެޅޭނެ ޤާނޫނީ ޙުއްޖަތެއް އެބައޮތްތޯ؟ ވެސް ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލުކުރައްވައިފައެވެ.
މިކަންކަމަށް މަސްއޫލުވެރިންނާއި ސުވާލު ކުރެއްވޭނެ ދުވަސް ކުރިއަށް އެބައޮތްކަމަށް ވިސްނައި ޒިންމާދާރުވުމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ގޮވާލައްވައިފައެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީ ހުއްދަކުރި، ޤާނޫނެއް ޤަވާއިދެއް އޮތްނަމަ އަޅުގަނޑަށް ދައްކަވާ! އަދި ބިކިނީ ލައިގެން މޫދަށް އެރި އުޅެން ޚާއްޞަ ސަރަހައްދެއް ރަށު ކައުންސިލަށް ކަނޑައެޅޭނެ ޤާނޫނީ ޙުއްޖަތެއް އެބައޮތްތޯ؟ މަސްއޫލުވެރިންނަށް ގޮވާލަން! ސުވާލުވެވޭނެ އިނގޭތޯ! ޒިންމާ އަދާކުރައްވާ!"
Myhun dhiriulhey rah rashugai bikini huhda kuri qaanooneh qavaaidheh othiyya alhugandah dakkavaa! Adhi bikini laigen moodah eren khaassa sarahahdeh rashu councilah kanda elheyne qaanoony hujjatheh eba oi thoo! Masooluverinnah govaalan! suvaal veveyne ingeythoo. Zimma adaakurahva.
— Ali Zaid (@alizaid1000) March 3, 2019