ސްޕެއިންގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސްޕެއިންގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ސްޕެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ސްޕެއިންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާގުޅިގެން އެމަނިކުފާނަށް ތަޙުނިޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސްޕެއިންއާއި ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާކަން ފާހަގަކުރައްވަމުން ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒްގެ ސަފީރުކަމުގެ ދައުރުގައި މި ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. 

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތަރައްޤީއަށާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ސްޕެއިންއާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ. 

 

މި ބައްދަލުކުރެއްވުމުގައި، ސްޕެއިންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި މި ފުރުސަތަކީ ލިބިވަޑައިގެންނެވި ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން