މީހުން ދިރިއުޅޭ ރަށްރަށުގައި ބަރަހަނާކޮށް އުޅުން ސަރުކާރުން ނުހުއްޓުވާނަމަ ޖެހޭނީ ރައްޔިތުން ނުކުމެ ނަމަވެސް ހުއްޓުވަން!: ޝައިޚް ޝަފީޢް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މީހުން ދިރިއުޅޭ ރަށްރަށުގައި ބަރަހަނާކޮށް އުޅުން ސަރުކާރުން ނުހުއްޓުވާނަމަ ޖެހޭނީ ރައްޔިތުން ނުކުމެ ނަމަވެސް ހުއްޓުވަން!: ޝައިޚް ޝަފީޢް

ކާފަރު ގެސްޓުންނަކީ އިސްލާމީ ޘަޤާފަތް ގެންގުޅޭ ބައެއް ނޫނެވެ. އެމީހުން ބޭނުންވާނީ ޗުއްޓީ ދުވަސްވަރު ދޭތިކޮޅުގައި (ޖަނގިޔާ އާއި ބިކިނީގައި) އުޅެ، ހިނދުކޮޅު ހޯދަން ރާ ބޯށެވެ . މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓު ހައުސް ވިޔަފާރި ނުރައްކަލަކަށް ވަނީ މިހިސާބުންނެވެ.  އެހެނީ، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އޮންނަ އިސްލާމީ ރީތި ޘަޤާފަތާއި އަޚްލާޤިއްޔަތަށް ނުބައި އަސަރުތަކެއް ކުރުވައެވެ. 

ދޮން މީހުން އުޅޭ ގޮތަކީ "ނޯމަލް" ރީތި ގޮތެއްކަމުގައި ބެލެވެން ފެށުނެވެ. އަޢުރަ ނިވާ ނުކޮށް  ދޭތިކޮޅުގައި އުޅުމަކީ "ނޯމަލް" ބަލައިގަނެވޭ ކަމަކަމަށް ވެގެން ހިނގައްޖެއެވެ. މިއަދު، ރަށްރަށުން ފެންނަމުން މިދަނީ މި މަންޒަރުތަކެވެ. ގެސްޓުން ދޭތި ކޮޅުގައި ބައިސްކަލް ދުއްވަނީއެވެ. ރަށު ތެރޭގައި ހިނގާލަން ދަނީއެވެ. އެންމެން ކުރިމަތީގައި ދޭތިކޮޅުގައި އޮރިޔާމުން މޫދަށް އެރެނީއެވެ. 

މިކަންކަމުގައި ކަމާއި ބެހޭ ފަރާތްތަކާއި ގެސްޓު ހައުސްތަކާއި ގައިޑުންގެ ވަރަށް ބޮޑު އިހުމާލު އެބަ އޮތެވެ. މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިކަން މިގޮތަށް ކުރިއަށް ދާކަމަށްވާނަމަ، ރައްޔިތުން ނުކުމެގެން ނަމަވެސް މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަމެކެވެ.  ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިގޮވާލަނީ، މިކަންކަމާމެދު ވަޤުތުން ފިޔަވަޅު އަޅުއްވާ ދެއްވުމަށެވެ. 

- ޝައިޚް ޝަފީޢް ޢަބްދުﷲ

މިއަދު އޮންލައިން