އެމްޑީޕީ އަށް ކެމްޕޭނު ކޮށްދެއްވަން ރައީސް ޞާލިޙު އައްޑޫއަށް ވަޑައިގަންނަވަނީ!

ކިޔުމަށް ހޭދަވާނީ 49ސ
އެމްޑީޕީ އަށް ކެމްޕޭނު ކޮށްދެއްވަން ރައީސް ޞާލިޙު އައްޑޫއަށް ވަޑައިގަންނަވަނީ!

އެމްޑީޕީ އަށް ކެމްޕޭނު ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ނިންމައިފިއެވެ. 

އެޕާޓީން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މިއަދުގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު ރައީސް ޞާލިޙު، ކެމްޕޭނު ދަތުރުފުޅުގައި އައްޑޫސިޓީއަށް ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 8 ން 10 އަށް ކަމަށެވެ. 

ދެ ދުވަހަށް ކުރައްވާ މިދަތުރުފުޅުގައި އެމްޑީޕީގެ ކެމްޕޭނުގެ ގިނަ ހަރަކާތްތަކެއް ރައީސް ޞާލިޙު ކުރިއަށް ގެންދަވާނެ ކަމަށް ވެސް އަފްޝަން ވިދާޅުވެފައިވެއެވެ.

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އައްޑޫ އަށް ރައީސް ޞާލިޙު ކުރައްވާ ފުރަތަަމަ ދަތުރުފުޅެވެ. އަދި ކެމްޕޭނު ހަރަކާތެއްގައި ވެސް އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިއަދު އޮންލައިން