ނަމާދުން ރައްކައުތެރިވުމަށްޓަކައި ނަމާދުން އުނިވެދާނެ ކަމުގެ ބިރު އޮތް ހުރިހާ ކަމަކުން ދުރުހެލިވާން ޖެހޭނެ!: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަމާދުން ރައްކައުތެރިވުމަށްޓަކައި ނަމާދުން އުނިވެދާނެ ކަމުގެ ބިރު އޮތް ހުރިހާ ކަމަކުން ދުރުހެލިވާން ޖެހޭނެ!: ޝައިޚް ޢަލީ ޒާހިރު

ނަމާދުން ރައްކައުތެރިވުމަށްޓަކައި ތިމާ ކުރާ ނަމާދުން އުނިވެދާނެ ކަމުގެ ބިރު އޮތް ހުރިހާ ކަމަކުން ދުރުހެލިވާން ޖެހޭނެއެވެ. ތިމާއަށް ނަމާދު ކުރެވުނީ ތިމާއަށް ކުރެވޭނެ އެންމެ ފުރިހަމައަށްކަން ޔަޤީންކުރަންވާނެއެވެ! ނަމާދުގައި ފިރިހެނުން ހެދުންލުމަށް ބަލާއިރު ފައިގެ ތަނބިކަށްޓަށްވުރެ ތިރިއަށް ފޭރާން ހުރުމަކީ ދީނީ ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ޙަރާމް ކަމެކެވެ.

އަނެއްބައި ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެއީ މަކްރޫހަ ކަމެކެވެ. ހަމައެއާއިއެކު އެކަމުގައި ބޮޑާކަމުގެ ނިޔަތްވާނަމަ އެކަމުގެ ނުރއްކައުތެރިކަމުގެ ބޮޑުކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.

އެކަމަކީ މަކްރޫހަކަމެއް ކަމުގައި ބެލި ނަމަވެސް ކުރާ ނަމާދުން އުނިވުމުގެ ފުރުޞަތު އެބައޮތެވެ. ވީމާ ނަމާދުގެ ފުރިހަމަ ފައިދާ ނުލިބުމުގެ ބިރު އެބައޮތެވެ. އެފަދަ ބިރުވެރިކަމެއް ބާއްވަންވީ ކީއްކުރަން ހެއްޔެވެ؟ އެއް ބައަކު ބުނާ ގޮތުގައި އެއީ އެއްވެސް މައްސަލައެއް ނޫނެވެ! އެއީ އެއްވެސް ކަމެއް ކަމަށް ނުދެކޭނަމަ އެއްވެސް ޝައްކަތެއް ނެތް މިންވަރަށް އަވަހަށް ފައިކުރި ބުރިކޮށް ކުރުކޮށްލަންވީ ނޫންހެއްޔެވެ؟

ނަމާދަށް ހުންނައިރު ފޭރާން އޮޅުމަކީ ރަނގަޅުކަމެއް ނޫނެވެ! ވީމާ ފަޓުލޫނުގެ ފައިކުރިވެސް ނުއޮޅާށެވެ! އަދި ގަމީހުގެ އަތުކުރި ވެސް ނުއޮޅާށެވެ! ކުރާ ނަމާދުން އުނިވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ކުރާ ނަމާދުގެ ސަވާބު އެންމެ ފުރިހަމައަށް ލިބިގަންނަން މަސައްކަތްކުރާށެވެ!

--ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ބަސްފުޅެއް

މިއަދު އޮންލައިން