ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސިންގަޕޯއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޯއަށް ފުރާވަޑައިގަތީ މިދިޔަމަހުގެ 27 ގައެވެ.