ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް އާއި ހެލްތު މިނިސްޓަރ ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް އާއި ހެލްތު މިނިސްޓަރ ބައްދަލުކުރައްވައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދްނަމަން އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުމުގައި ޖަޒީރާ ގައުމުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި އަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންނާއި ސިއްހީ ފަރުވާ އަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ފަރުވާދޭ މަތީ ފެންވަރުގެ މީހުން ހޯދުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރު އަމީން ސައުދީ އަށް ވަޑައިގަތީ އެ ގައުމުގައި ކުރިއަށް ގެންދާ ބަލި މީހުން ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިއަދު އޮންލައިން