މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ގެންގުޅޭނީ ރާއްޖޭގެ ޘަޤާފަތަށް އިޙްތިރާމްކޮށްގެން ކަމަށް ބުނެ ފަތުރުވެރިކަން ފެށި ރާއްޖޭގެ މީހުން މީހުން ދިރިއުޅޭ ރަށްރަށުގައި "ބިކިނީ ބީޗް" ހެދުމަށްފަހު ދެން ހަދާނީ "ބަރަހަނާ ބީޗްތޯ؟" ޝައިޚް ޢަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު މާފުށީ "ކާނި ބީޗް"، މިހާރުވެސް ޓްރިޕް އެޑްވައިޒަރ ފަދަ މަޖައްލާ ތަކުގައި އިޝްތިހާރުކުރަނީ ބިކިނީ ބީޗްގެ ގޮތުގައެވެ.
"ފުރަތަމަ ބުނީ މީހުން ދިރިއުޅޭ ރަށްރަށުގަ ފަތުރުވެރިން ގެންގުޅޭނީ ރާއްޖޭގެ ޘަޤާފަތަށް އިޙްތިރާމްކޮށްގެންނޯ! ބިކިނީ ނުލާނެޔޯ! މަނަލޯ! ދެން ހެދީ ބިކިނީ ބީޗް! ދެން އޮތީ ބަރަހަނާ ބީޗްތޯ؟ ޝައިޠާނާ ދަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް މީހުން ހެއްލުންތެރި ކުރުވަމުން! $ ދައްކަމުން! سبحان الله!" : ޝައިޚް ޢަލީ ޒައިދު
