ފިރްޢައުނު ދެކެ ޖިބްރީލްގެފާނު އިންތިހާއަށް ނަފްރަތު ކުރެއްވި!

ކިޔުމަށް ހޭދަވާނީ 1މ 57ސ
ފިރްޢައުނު ދެކެ ޖިބްރީލްގެފާނު އިންތިހާއަށް ނަފްރަތު ކުރެއްވި!

ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޢުމަރު ސުލައިމާނު، އޭނާގެ ދަރުހެއްގައި ކިޔައިދެއްވާފައިވެއެވެ.

 

" ތަޤްވާވެރި ނޫން މީސްތަކުންގެ މަރުވުމުން އެމީހުންގެ މޫނުމަތީގައި މަލާއިކަތް ބޭކަލުން ވަރަށް ބާރަށް ޖައްސަވާނެއެވެ.

 

ފިރުޢައުނު މަރުވުމުން، ޖިބްރީލް ޢަލައިޙިއްސަލާމް އޭނާގެ މޫނުމަތީގައި އިތުރަށް އެއް ފަހަރު ޖެއްސެވިއެވެ. އެއީ އޭނާ ދެކެ އިންތިހާއަށް ޖިބްރީލުގެފާނު ނަފްރަތު ކުރައްވާތީއެވެ.

 

ޖިބްރީލުގެފާނު ފިރްޢައުނު ދެކެ އިންތިހާއަށް ނަފްރަތު ކުރައްވަނީ ކީއްވެކަން އިނގޭ ހެއްޔެވެ؟ އެއީ މޫސާ އަލައިޙިއްސަލާމް އަރިހު، ޖިބްރީލުގެފާނާއި ދިމާލަށް ފިރުޢައުނު އެއްޗެހި ކިޔުމުންނެއް ނޫނެވެ.

 

އެކަލޭގެފާނު ފިރުޢައުނު ދެކެ ނަފްރަތު ކުރައްވަނީ، ފިރުޢައުނު އަބަދުވެސް މާތް ﷲ އަށް ގޮންޖައްސަވާ، އޭނާއަކީ އެންމެ މަތިވެރި ކަލާނގެ ކަމުގައި ބުނަމުން ދިޔުމުންނެވެ.

 

ރަސޫލާ (ޞޢޥ) އަރިހު ޖިބްރީލް އަލައިޙިއްސަލާމް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އޭނާ (ފިރުޢައުނު) ދެކެ ނަފްރަތު ކުރަމެވެ. އެއީ އަބަދުމެ އޭނާ ބުނަމުން ދިޔައީ އޭނާއަކީ ކަލާނގެ ކަމަށާއި އެންމެ 'މަތިވެރި' ކަލާނގެ ކަމުގައެވެ."

 

ކޮންމެ ފަހަރަކުމެ ފިރުޢައުނު ތެދުވެ، ތިމަންނާއަކީ މަތިވެރި ވެގެންވާ ކަލާނގެ ކަމުގައި ބުނުމުން، އޭނާ ދެކެ ޖިބްރީލުގެފާނު އިންތިހާއަށް ނަފްރަތުކޮށް، އެނަފްރަތު އިތުރުވިއެވެ.

 

ފިރުޢައުނުގެ އެބަސްތަކުން ޖިބްރީލުގެފާނު ކޯފާ އިސްވިވަރު ހާމަ ކޮށްދޭ އެއް ހެއްކަކީ، މާތް ނަބިއްޔާ (ޞޢޥ) އަރިހަށް ﷲ ސުބްޙާނަހޫ ވަޠައާލާ ގެ ވަޙީ ބަސްފުޅައިގެން ޖިބްރީލުގެފާނު ބިމަށް ފައިބާ ވަޑައިގަންނަވާއިރު، އެކަލޭގެފާނު ވިދާޅުވަނީ.. 'އެންމެ މަތިވެރި ވެގެންވާ އިލާހު ވަޙީ ކުރައްވަނީ..' މިފަދައިންނެވެ.

 

ފިރުޢައުނަކީ މީސްތަކުންގެ ތެރެއިން އެންމެ ނުބައި ނުލަފާކަން ބޮޑު އިންސާނާއެވެ.

 

މާތް ﷲ ތަޢާލާ ފިރުއައުނު ޣަރަޤުކުރެއްެވެވި ވަގުތު އޭނާ ޝަހާދަތް ކިޔަން އުޅުނެވެ. އެވަގުތު ޖިބްރީލްގެފާނު އޭނާގެ އަނގައަށް ކިސަޑު އުއްކެވިއެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އޭނާ ޝަހާދަތް ކިޔައިފިނަމަ ފަހަރެއްގައިވެސް އޭނާގެ ފާފަތައް މާތް ﷲ ތަޢާލާ ފުއްސަވައިފާނެތީ އެކަމަށް ހުރަސް އެޅުއްވެވުމަށެވެ. އޭނާގެ ނުބައި ނުލަފާކަން ބޮޑުކަމުން އޭނާގެ ފާފަތައް ފުއްސެވުމަށް ޖިބްރީލްގެފާނު ބޭނުންފުޅު ނުވާތީ ފިރުއައުނު ޝަހާދަތް ކިޔުމަށް ހުރަސް އެޅުއްވެވުމުގެ ގޮތުންނެވެ.

މިއަދު އޮންލައިން