ޝައިޚް ފަރީދް ހޮޅުދޫ އާ ވެލިދޫގަ ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޝައިޚް ފަރީދް ހޮޅުދޫ އާ ވެލިދޫގަ ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވަނީ!

ޝައިޚް އިބްރާހީމް ފަރީދް އަޙްމަދު ނ.ހޮޅުދޫ އާއި ވެލިދޫގަ ދީނީ ޕްރޮގަރާމްތަކެއް ކުރިއަށް ގެންދަވަން ހަމަޖެހިއްޖެއެވެ. 

މާދަމާ އިން ފެށިގެން މާރިޗް މަހުގެ 2 ވަނަ ދުވަހަށް ކުރިއަށް ގެންދަވާ މި ޕްރޮގްރާމްތައް ފަށްޓަވާނީ ހަވީރު ހޮޅުދޫގައި ބާއްވަވާ "ކޮފީ ވިތް ޝައިޚް" އިންނެވެ. މާދަމާ ރޭ ހޮޅުދޫގައި ދަރުސް އެއްވެސް ދެއްވާނެއެވެ. 

1 ވަނަ ދުވަހު ހެނދުނު ވެލިދޫގައި 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނާއިއެކު ވަގުތުކޮޅެއް ހޭދަކުރައްވާނެއެވެ. މެންދުރުފަހު 2.30 ގައި ޔޫތް ސްކްޔަރ ރެސްޓޯރަންޓުގައި ޒުވާނުންނާއިއެކު ވަގުތުކޮޅެއް ހޭދަކުރައްވާނެއެވެ. 4.30 އިން 5.30 އަށް ދޮރުން ދޮރަށް ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެއެވެ. އަދި "ޕާތް އޮފް އިސްލާމް"ގެ އޮފީސް ވެސް ހުޅުއްވައިދެއްވާނެއެވެ. ރޭގަނޑު 8.30 ގައި ނ. އަތޮޅު ތައުލިމީ މަރުކަޒުގައި ދަރުސް އެއް ދެއްވާނެއެވެ.

މާރިޗް 2 ވާ ހޮނިހިރު ދުވަހު ހެނދުނު، ދަޢްވަތުގައި ހަރަކާތްތެރިވާ އުޚުތުންނަށް ޚާއްބަ ސެޝަނެއް ނަހްޒާ ޕްރިސްކޫލުގައި ކުރިއަށް ގެންދަވަންވެސް ވަނީ ހަމަޖެހިފައެވެ.

 

 

މިއަދު އޮންލައިން