އިސްލާމް ދީނުގެ މަގުން ދެވޭ ހެޔޮ ލަފާ ނަޞޭޙަތަށް ބީރުކަންފަތް ދޭ މީހުން އިސް މަޤާމުތަކުގައި ބެއިތިއްބުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިސްލާމް ދީނުގެ މަގުން ދެވޭ ހެޔޮ ލަފާ ނަޞޭޙަތަށް ބީރުކަންފަތް ދޭ މީހުން އިސް މަޤާމުތަކުގައި ބެއިތިއްބުމެއް ނެތް!

އިސްމަޤާމެއް ލިބުމުން އެ މަޤާމް ދެއްވެވީ ﷲ ތައާލާކަން ހަނދާން ނުހުންނަ މީހުން ވަރަށް ގިނައެވެ. ގިނަ މީހުންނަށް ޤަބޫލުކުރެވެނީ މަޤާމު ލިބުނީ އޭނާ ޙާޞިލުކޮށްފައިވާ ސެޓުފިކެޓްތަކުގެ ސަބަބުން ނުވަތަ ތަޖުރިބާގެ ސަބަބުން ކަމަށެވެ. ނުވަތަ އިންތިޚާބަސް ކުރި ކެންޕޭނު ވަރުގަދަކަމުން ލިބުނު ވޯޓު ގިނަކަމުން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. ޙަޤީޤަތަކީ މަޤާމް ލިބުނީ ﷲ ތަޢާލާ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުން ކަމެވެ. 

މަތީ މަޤާމްތައް ލިބުމުން ބައެއް މީހުން މިސްކިތަށް އަރަން ލަދުގަނެއެވެ. ހައިބަތު މާބޮޑުކޮށް ފެންނާތީއެވެ. އެހެން މީހުންނަށްވުރެ މާ ބޮޑު ބިޔަ މީހެއްގެ ގޮތުގައި ތިމާއަށް ތިމާ ފެންނާތީއެވެ. ފަހަރެއްގައި އެކަނި ހުންނަން އެއް ސަފު ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. ޖަމާއަތުގައި ނަމާދުކުރާއިރު އިސްކޮށް ހުންނާނީ އިމާމް މީހާ އެކަންޏެވެ. ދެން ތިބި އެންމެންނަށްވެސް ޖެހޭނީ އިމާމް މީހާ ފަހަތުގައި ސަފުސަފަށް ތިބޭށެވެ. އެކަކާއިޖެހި އަނެކަކު ހުންނަގޮތަށެވެ. 

މަތީ މަޤާމުތައް ލިބުމުން އެމީހަކަށް ދީނީ ގޮތުން ނަޞޭހަތެއް ދިން ނަމަވެސް ބައެއް މީހުންނަށް އެ ނަޞޭޙަތްވެސް ބަލައެއް ނުގަނެވެއެވެ. އެ ނަޞޭހަތަށްވުރެ އެފަދަ މީހުންނަށް މުހިންމުވަނީ އެމީހާގެ ނިންމުމެވެ. މިޒަމާނުގައި ނަމަ އެމީހަކު ނިޞްބަތްވާ ޕާޓީގެ ސިޔާސަތެވެ.

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ! މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިން ވިދާޅުވަނީ: 

"އިސްލާމް ދީނުގެ މަގުން ދެވޭ ހެޔޮ ލަފާ ނަޞޭޙަތަށް ބީރުކަންފަތް ދޭ މީހުން އިސް މަޤާމުތަކުގައި ބެއިތިއްބުމެއް ނެތެވެ. އޮތީ އަވަސް މަގަކުން އެމީހުން މަޤާމުތަކުން ދުރުކޮށް އިސްލާމް ދީނުގެ މަގުން ދެވޭ ހެޔޮ ލަފާ ނަޞޭޙަތް އަޑު އަހާނެ ބައަކު މަޤާމުތަކަށް އިސްކުރަން މަސައްކަތް ކުރުމެވެ."

މިއަދު އޮންލައިން