ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫން ކަމަށާއި އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ފިރިމީހާގެ ދަށުވުމެއްވެސް ނޫން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޢާއިލީ ނައުގެ ކައްޕިތާނަކީ ފިރިމީހާ ކަމަށާއި ޢާއިލީ އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެން ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.
"ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫނެވެ! އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ދަށުވުމެއްވެސް ނޫނެވެ! ޢާއިލީ ނައުގެ ކެޕްޓަނަކީ ފިރިމީހާއެވެ. އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ."