އެމްޓީސީސީ އޮފީސް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި!

ކިޔުމަށް ހޭދަވާނީ 46ސ
އެމްޓީސީސީ އޮފީސް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި!

 

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ޓަވަރުގައި އިންނަ އެކުންފުނީގެ އޮފީސް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

އެނގިފައިވާ ގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި އެމްޓީސީސީގެ އޮފީސް ފަޅާލާ، ވަގަށް ނަގާފައިވަނީ 80،000 އަށްވުރެ ގިނަ ރުފިޔާއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެއޮފީސް ފަޅާލާ ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:18 ހާއިރު ކަމަށެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އޮންލައިން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވައްކަން ކޮށްގެން ނަގާފައި ވަނީ އިންޝުއަރެންސްގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށާއި އެމްޓީސީސީގެ ޗީފް ފައިނޭންސިން އޮފިސަރު މުހައްމަދު ހިލްމީގެ ލެޕްޓޮޕް ވެސް ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން