އުރީދޫ މޯލްޑިވްސް ޕލކއިން 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ، 3 މާޗް2019 ވާ އާދީއްތަ ދުވަހު ގެ ރޭގަނޑު 8.30 ގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެ، ރަންނަބަނޑޭރި މާލަމްގައެވެ.
މިޖަލްސާގެ އެޖެންޑާއާ ގުޅޭ ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/އިން ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫއިން ބުނެފައިވަނީ އެކުންފުނީގެ ޙިއްސާދާރެއްގެ ގޮތުގައި21 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެކަމަށެވެ. އަދި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ލިބިވަޑައިގަންނަވާނީކޮންމެ އެޖެންޑާ އައިޓަމަކަށް 1 ވޯޓެވެ.
އުރީދޫއިން ބުނެފައިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަންކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުމަށާއި އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދޭކަމަށެވެ.
މި ފޯމުތައް ފުރުއްވުމަށްފަހު ހުށަހަޅުއްވާނީ28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގިފިލާ އަށެވެ. އަދި، އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީލެމެއިލް ފޮނުއްވޭނެއެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓުގެ 5 ވަނަ ފަންގފިލާ އިން ނުވަތަ އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/އިން ލިބިވައިޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.
އުރީދޫއިން ބުނެފައިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ(3 މާޗް 2019 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ދަރުބާރުގެ، ރަންނަބަނޑޭރި މާލަމް، ބޮޑުތަކުރުފާނު މަގު، މާލެ އަށްވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދޭކަމަށެވެ.