ހުޅުމާލޭގަ އެސްޓީއޯ އިން އަޅާފައިވާ ހޮޓާ ގަންނަން ޝައުޤްވެރިކަން ހާމަކުރި 10 ފަރާތުގެ ތެރެއިން 5 ފަރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެއްބަސްވުމެއްގެދަށުން އެ 5 ފަރާތްތަށް ބޭނުންވާ މައުލޫމާތު މިހާރު ބަދަލުކުރެވެމުން އަންނަ ކަމަށެވެ. އަދި މާރިޗްމަހުގެ ކުރީކޮޅު ބީލަމަށް ހުޅުވައިލެވޭވަރުވާނެ ކަމަށެވެ.
މަޝްވަރާކުރަމުންގެންދާ 5 ފަރާތުގެ ތެރޭގައި ރާއްޖެ ޝާމިލުވާ ކުންފުންޏަކާއި ބޭރުގެ 4 ކުންފުނި ހިމެނޭ ކަމަށްވެސް އެސްޓީއޯއިން މިއަދު ބުނެފައިވެއެވެ.