އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ލައިފް އިންޝުއަރަންސް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ލައިފް އިންޝުއަރަންސް!

ރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދީފިއެވެ. ހަމައެއާއިއެކު، އެލައިޑް އިންޝުއަރަންސް އާއި ގުޅިގެން، އެކުންފުނީގެ އެންމެހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ވަނީބުނެފައެވެ.

ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ޙާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެލައިޑްގެ ލައިފް އިންޝުއަރަންސް މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ދަނޑިވަޅުތަކަކީ، ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލިގެންދިއުމާއި، އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕަރމަނަންޓް ޑިސްއެބިލިޓީ އަދި އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕާޝަލް ޑިސްއެބިލިޓީ އެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވި ''ކަސްޓަމަރުންނަށް ފައިދާކުރާފަދަ އައު ކަންކަން ބަލައިގަނެ، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް އަޙަމިއްޔަތުދެން. ލައިފް އިންޝުއަރަންސް އަކީ، އާއިލާ އަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭ، އާއިލާގެ މުސްތަޤްބަލް ރައްކާތެރިކޮށްދޭ މުހިއްމު ޚިދުމަތެއް. ދުނިޔޭގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އާއިލާތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން." ކަމަށެވެ.

މިއަދު އޮންލައިން