އެސްޓީއޯ އިން މިއަދު ޢާންމުކުރި އެކުންފުނީގެ 2018 ވަނަ އަހަރުގެ 4 ވަނަކުއާޓަރގެ ހިސާބުތަކަށްބަލާއިރު ނިމިދިއަ ކުއާޓަރުގައި ކުންފުނީގެ ޖުމްލައާމްދަނީ އަކީ 2.6 ބިލިއަންރުފިޔާއެވެ. މިއީ އެއިގެ ކުރީ ކުއާޓަރާއި އަޅައިބަލާއިރު 168 މިލިއަންރުފިޔާގެއިތުރުވުމެކެވެ. ޕަސެންޓުންނަމަ،އެއީ 7 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީއިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ ވިއްކި ޢަދަދު އިތުރުވެފައިވުމާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވެފައިވުމެވެ. މިގޮތުން އެސްޓީއޯއިން ވިއްކި ތެލުގެ ޢަދަދުވަނީ އޭގެ ކުރީކުއާޓަރާއި އަޅާބަލާއިރު 6 އިންސައްތަ އިތުރުވެފައެވެ. މީގެއިތުރުން ތެޔޮ ފިޔަވައި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ 7 އިންސައްތަ އިތުރުވެފައިވެއެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާއެކު ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާވެސް ވަނީ އޭގެކުރީ ކުއާޓަރާއި އަޅައިބަލާއިރު 49 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ 17 އިންސައްތައިގެކުރިއެރުމެކެވެ.
2018ގެ 3 ވަނަ ކުއާޓަރއެކޭ އެއްގޮތަށް އަހަރުގެ 4 ވަނަ ކުއާޓަރގައި ވެސް އެސްޓީއޯއިން އެންމެބޮޑ ުއިސްކަމެއްދިނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އިޤްތިޞާދަށް ކުރާއަސަރުކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވައި އެވިޔަފާރިތަކުން ލިބޭ ފައިދާއިން ތެލުގެއަގު ހިފަހައްޓަން ޖެހިއްޖެނަމަ ކުންފުންޏަށް ގެއްލިގެންދާބައި ކުޑަކުރުމަށެވެ. އަދި އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށް ވާތީ އާއި ދިވެހިރާއްޖޭގެ އިޤްތިޟާދަށ ްބޭނުންވާ ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ އެސްޓީއޯއިން މަސައްކަތްކުރަމުން ދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު ޙިއްޞާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ 4 ވަނަކުއާޓަރގެ ފައިދާއަކީ 88 މިލިއަންރުފިޔާއެވެ. މިއީ އޭގެކުރީކުއާޓަރާއި އަޅާބަލާއިރު 57 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ 2018 ވަނައަހަރުގެ 4 ވަނަކުއާޓަރގެފައިދާއަކީ 66 މިލިއަންރުފިޔާއެވެ. މިއީ އެއިގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 39 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ ސާފުފައިދާ އެއިގެ ކުރީ ކުއާޓަރާއި އަޅައިބަލާއިރު ވަރަށްބޮޑުތަނުން އިތުރުވެފައިވުމާއެކު ޙިއްޞާއަކަށް ޖެހޭފައިދާވަނީ 39 އިންސައްތަ އިތުރުވެފައެވެ.
އެސްޓީއޯގެ މަޤްޞަދުތައް ހާސިލްކޮށް ވިޔަފާރިކުރިއެރުވުމަށް އެސްޓީއޯގެ ވިޔަފާރީގެ އެންމެހައި ބައިވެރިން އެސްޓީއޯގެ ކަންކަމާއިމެދު ބަހައްޓާ ގާތްކަމާއި ދެއްވާ އެއްބާރުލުމަށް އެކުންފުނިން ނިހާޔަތަށް ޝުކުރުއަދާކުރެއެވެ.
- ޚަބަރު: އެސްޓީއޯ