އެމްޓީސީސީގެ ހެޑް އޮފީސް ކުރިން ހުރި ބިން ޕާކު ކުރެވޭ ސަރަހައްދަކަށް!

ކިޔުމަށް ހޭދަވާނީ 55ސ
އެމްޓީސީސީގެ ހެޑް އޮފީސް ކުރިން ހުރި ބިން ޕާކު ކުރެވޭ ސަރަހައްދަކަށް!

ލިޔުނީ: ޒިދާން މުހައްމަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި އެމްޓީސީސީގެ ހެޑް އޮފީސް ކުރިން ހުރި ބިން ވަގުތީ ޕާކިން ސަރަހައްދަކަށް ބަދަލުކޮށް އާއްމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ. 

އެނގިފައިވާ ގޮތުން، އެ ބިން ޕާކު ކުރާ ސަރަހައްދެއްގެ ގޮތުގައި ހުޅުވާލަނީ، އެއްގަމު ތޮށި ކައިރީ ގިނަ އަދަދެއްގެ ސައިކަލް ޕާކްކޮށްފައި ހުންނާތީ، ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ކުރިން އެމްޓީސީސީގެ ހެޑް އޮފީސް ހިންގި އެބިމުގައި ހުރި، އެ ކުންފުނީގެ އިމާރާތް ތަޅާލައި އެ ސަރަހައްދު ވަށައި ޓިނު ޖަހައި ބަންދު ކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު، މިހާރު އެބިން އޮތީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތުލިބެއެވެ. 

އެ ބިން ޕާކިން ޒޯނެއްގެ ގޮތުގައި ހުޅުވާލައިފި ނަމަ، އެއްގަމު ތޮށި ކައިރީގައި ޕާކުކުރާ އުޅަނދުތައް މަދުކުރެވި، ދަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން