އުރީދޫގެ ޕާޓްނަރުންގެ ވިއުގަ ހަރުދަނާކޮށް، އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ރާއްޖޭގައި އާބާދުވެފައިވާ ހުރިހާ ރަށަކަށް ވެސް ފޯރުކޮށްދީފިއެވެ.
އޭގެތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭނާއި އެޑް-އޯންތައް ޚިޔާރުކުރެއްވުން، އުރީދޫގެ ބިލަށް ފައިސާ ދެއްކުން އަދި އެމް-ފައިސާގެ ޚިދުމަތްތައް ހޯދުންވެސް ހިމެނޭ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އަދި ހަމައެހެންމެ، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކޮށްފައިވާ ރަށްތަކުގައި، ސުޕަނެޓްގެ ޚިދުމަތްތައްވެސް އުރީދޫގެ ޕާޓްނަރ ފިހާރަތަށް މެދުވެރިކޮށް ބައްލަވައިގަނެވޭނެ ކަމަށާއި ހުރިހާ ފިހާރަތަކުންވެސް އުރީދޫގެ ޚިދުމަތްތަކާއި ބިލްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވި، ކަސްޓަމަރުންގެ ސުވާލުތަކަށް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
"ސުމޭކީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި، ކަސްޓަމަރުންނާއި ހަމައަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އިން ފެށިގެންގޮސް، ކަސްޓަމަރުންނާއި ކުރާ މުއާމަލާތްތަކާއި، ކުންފުނީގެ އެތެރޭގެ ތަފާތު ހިންގުންތަކާއި ހަމައަށްވެސް، އަޅުގަނޑުމެން މިދަނީ ސުމޭކީ އާލާތްތައް މެދުވެރިކޮށް ވަރުގަދަ ކުރަމުން. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އުރީދޫގެ ކޮންމެ ޚިދުމަތެއް ޚިޔާރުކުރުމުގެ ފުރުސަތު މަގުފަހިކޮށް، ކަސްޓަމަރުންގެ ކޮންމެ ބޭނުމަކަށްވެސް އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ކަމެއް. ޒަމާނީ ޓެކްނޮލޮޖީތަކާއި، އީޖާދީ ޚިދުމަތްތަކުގެ އެހީގައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެންނާއި އެކު ކަސްޓަމަރުން ކުރާ ކޮންމެ ތަޖުރިބާއެއްވެސް އިތުރަށް ފުރިހަމަކޮށްދިނުމަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވެފައިވެއެވެ.
އުރީދޫއިން ރާއްޖޭގައި ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ވަނީ މުޅި ރާއްޖެއަށް 4ޖީ ނެޓްވޯކް ފޯރުކޮށްދީފައެވެ.