ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯއިން ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނެފައިވަނީ 14 ޖެނުއަރީ 2019 ފެށިގެން ޑީސަލް ލީޓަރެއް ވިއްކަމުން ގެންދާނީ 9.99 ރުފިޔާ އަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ 10.19 ރުފިޔާ އަށް ކަމަށެވެ.
މީގެ ކުރިން ޑީސަލް ލީޓަރެއް އެސްޓީއޯއިން ވިއްކަމުން ގެންދިޔައީ 11.99 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދިޔައީ 11.19 ރުޕިޔާއަށެވެ.
މި ބަދަލާއެކު ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ ވަނީ އަގުހެޔޮވެފައެވެ.