ގިނަ ބަޔަކަށް ވަރަށް މަގްބޫލުވި ގޭމެއް ކަމަށްވާ "ހޭންގް މޭން" އަށް ބިނާކޮށް، "ގެސް ދަ ވަރޑް" ގެ ނަމުގައި އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ވަރަށް ފޯރިގަދަ މުބާރާތެއް އުރީދޫ އިން މިއަދު ފަށައިފިއެވެ.
މި ގޭމް ކުޅެ، އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ.
"ގެސް ދަ ވާރޑް" ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް، ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުން ކަމުގައި އުރީދޫއިން ވަނީ ބުނެފައެވެ.
މިގޮތުން، މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެއެވެ. މިމަހުގެ 10 ން ފެށިގެން 10 އެޕްރީލް 2019 އަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރަށްވާށެވެ.
"ގެސް ދަ ވާރޑު"ގައި ބައިވެރިވެ، ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
|
ވަނަ |
އިނާމު |
|
ދުވަހުގެ ޓޮޕް ސްކޯރަރ |
1.25 ޖީބީ ޑޭޓާ |
|
ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރަރ |
އައިފޯން އެކްސް |
|
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ |
މެކްބުކް އެއާ |
|
މުޅި މުބާރާތުގެ ދެވަނައަށް މޮޅު ކުޅުންތެރިޔާ |
ސެމްސަންގ ގެލެކްސީ ނޯޓް 9 |
|
މުޅި މުބާރާތުގެ ތިންވަނައަށް މޮޅު ކުޅުންތެރިޔާ |
އެޕަލް ވޮޗް |